އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދައި ވިއްކާ ފަރާތްތައް އަންނަނީ އިތުރުވަމުންނެވެ. މިފަދަ އުފެއްދުންތަކުގެ ރައްކާތެރިކަން ކަށަވަރު ނުވުމަކީ އާންމު ޞިއްޙަތަށް ނުރައްކާވުމުގެ ފުރުޞަތު އޮތް ކަމެކެވެ. އަދި މިފަދަ އުފެއްދުންތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް އެތަކެތި އުފެއްދުމަކީ އާންމު ޞިއްޙަތު ރައްކާތެރިކުރަން އެޅޭ ފިޔަވަޅެކެވެ. މި ގޮތުން މިފަދަ ކާބޯތަކެތި އުފައްދާ ކޮންމެ ތަނަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މި އޮތޯރިޓީން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ތަންތަން މިއޮތޯރިޓީގައި ދަފްތަރު ކުރުމަކީ އެތަކެތީގެ ވިޔަފާރިތަކަށް މަގުފަހިވާނެ ކަމެކެވެ. އަދި އެތަކެތީގެ ރައްކާތެރިކަމާ މެދު އާންމުންގެ އިތުބާރު ބޮޑުވާނެ ކަމެއް ވެސް މެއެވެ. މިއީ، އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދައި ވިއްކާ ފަރާތްތައް (ގޭގެ ބަދިގެ)ތަކަކީ މި އޮތޯރިޓީގެ މިންގަނޑުތަކަށް ޢަމަލުކުރަމުން އަންނަ ތަންތަންކަން ކަށަވަރު ކުރުމަށް ދަފްތަރުކުރާނެ ގޮތުގެ އުޞޫލެވެ.